1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސަށް ލަފާދޭ މަޝްވަރާ މަޖިލީހާއި ގައުމީ މަޖިލީސް ނޮވެމްބަރުގެ ކުރިން އެކުލަވާލަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ރައީސް އޮފީސް.
މަރްޔަމް ޝަފާ ސައީދު
678ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި، ގައުމީ މަޖިލީހެއް އެކުލަވާލުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ކުރިން ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްވި ތަގުރީރުގައެވެ.

ރައީސް ވިދާޅުވީ ގައުމުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަކީ ނުހަނު މުހިންމު އެއްޗެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ދެއްވާ މަޝްވަރާތަކަކީ ގައުމު ކުރިއަށް ގެންދިއުމުގައި ބޭނުންތެރި ކަންތައްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް އެކުލަވާލާ "ހާއްސަ މަޝްވަރާ މަޖިލީހަކީ" އިސް ރަށްވެހިންގެ ތެރެއިން ދައުލަތުގެ މަތިވެރި ޝަރަފުތައް ލިބިވަޑައިގެން ތިއްބެވި، ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުން ހިމެނޭގޮތަށް އެކުލަވާލާ މަޖިލީހެކެވެ. އަދި "ގައުމީ މަޖިލީހަކީ" އެކި ފަންނުތަކުން ތައުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ މާހިރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.

300 × 250

"މީގެ ބޭނުމަކީ، ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައި، ގައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމުގައި ފުރުސަތު ދިނުން. އުންމީދަކީ ނޮވެމްބަރު މަސް އަންނަންވާއިރު މި ދެ މަޖިލިސް އުފެދިގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިހާބީ މެންބަރުން ހިމެނޭ "ޒުވާނުންގެ މަޖިލީހެއް" އުފައްދަވާނެ ކަމަށްވެސް ރައީސް އިއުލާނުކުރެއްވިއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި އަންހެނުން ކަމަށްވާއިރު، ދައުލަތް ހިންގުމުގެ ނިޒާމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެމަނިކުފާނު ވަނީ މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރައީސަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި