1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުވާކުރައްވާ ރަސްމިއްޔާތަށް ގާތް ހުރިހާ ޤައުމުތަކެއްގެ ވެރިންނަށް ދަޢުވަތު!

09AB7299-74EA-4CBF-AB07-39CD3B81C408
އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް
ހުވަދޫ ނިއުސް ޓީމް
905ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތަށް، ރާއްޖެއާއި ގާތްގުޅުން އޮންނަ ގިނަ ޤައުމުތަކެއްގެ ވެރިންނަށް ދަޢުވަތު ދެއްވާނެކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިންތިޤާލީ މަރުހަލާގެ ސްޕޯކްސްޕަރސަން މުޙައްމަދު ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އެގޮތުން އަވައްޓެރި ހުރިހާ ޤައުމަކާއި، ރާއްޖެއާއި ގާތްގުޅުން އޮންނަ އެހެނިހެން ބައެއް ޤައުމުތަކުގެ ވެރިންނަށްވެސް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވަތު ދެއްވުމަށް ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތުގައި ރައީސުލްޖުމްހޫރިއްޔާކަމަށާއި، އެމަނިކުފާނުގެ ނާއިބުގެ މަޤާމަށް އިންތިޚަބުވެވަޑައިގަންނަވާ ބޭފުޅަކު ހުވާ ކުރައްވާނީ އެކަމަށްޓަކައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

300 × 250

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީއަށް ދަޢުވަތު އަރުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުވެވެސްވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދުވަނީ ޑރ.މުޢިއްޒުގެ ސަރުކާރުން އިންޑިއާއާއި ޗައިނާއާއި ދެމެދު މެދުމިން ޚިޔާރުކުރައްވާ، ވަކި ޤައުމެއް މާބޮޑަށް ގާތްކޮށް އަނެއް ޤައުމު ދުރުކުރުމުގެ ސިޔާސަތު ނުގެންގުޅުންވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި ބޮޑުވަޒީރު މޯދިއަށް އެ ރަސްމިއްޔާތަށް ދައުވަތު ދެއްވާނެކަން ޓްރާންސިޝަނަލް އޮފީހަށް އަންނަވާފައިވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިއެވެ.

އިންތިޚާބީ ރައީސްއާއި ނައިބު ރައީސް ހުވާކުރެއްވުމުގެ އަންނަ މަހު 17 ގައި ބާއްވާ ރަސްމިޔާތުޖަ  ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް  އެދިވަޑައިގަންނަވާފައިވާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި