އިޒްރޭލުން ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ގަދަކަމުން ފޭރިގެންފައިވާ ބިންތައް ދޫކޮށްލަން ޖެހޭ ކަމުގައި ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. މުއިއްޒުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ (އިޒްރޭލުން ފަލަސްތީނަށް ހަމަލަދީ ހަނގުރާމަކުރުން ވަގުތުން ހުއްޓާލަން ޖެހޭކަމަށެވެ.)ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަންނަން ޖެހޭކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ފަލަސްތީނުގެ އަތުން ގަދަކަމުން އަތުލައިގަތް ބިންތައް އަނބުރާ ދޭން ޖެހޭ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އީސްޓް ޖެރުސަލެމް (އިރުމަތީ އޫރުސަލީމް) އަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް 1967 ވަނަ އަހަރު އޭރު އޮތް އިން ވަކިކުރާ ބޯޑަރުތަކަށް ރުޖޫއަވެ، ރެފިއުޖީން އަނބުރާ ފަލަސްތީނަށް ދިއުމުގެ މަގުވެސް އިޒްރޭލުން ހުޅުވާލަންޖެހޭ ކަމަށް މުއިއްޒުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އިންތިހާބީ ރައީސް މިހެން ވިދާޅުވެފައި މިވަނީ ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދިނުމާއި ގުޅިގެން ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުއްލި ހަނގުރާމައެއް ފެށިގެން ކުރިއަށްދާ ދަނޑިވަޅެކެވެ.
ކުއްލި މި ހަނގުރާމައިގާ މިހާތަނަށް އިޒްރޭލުން 100އެއްހާ މީހުން ފަލަސްތީނުން 200 އެއްހާ މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
https://twitter.com/MMuizzu/status/1710666730786226417
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.