ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކު ނިޔާވެއްޖެއެވެ.

އުމުރުން 74 އަހަރުގެ އަހްމަދު މަނިކު ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

އިޝާ ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައި ހިނގި އެ އެކްސިޑެންޓްގައި އަހްމަދު މަނިކުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުން ސައިކަލުގައި ދަނިކޮށް ދަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުގައި ހުންނަ އޮކްސިޖަން ރެސްޓޯރެންޓްގެ ކައިރިން ދިޔަ ކާރެއްގައި ޖެހިގެންނެވެ. އަދި ސައިކަލުން ވެއްޓި ބޮލާއި ނޭފަތް ފަޅައިގެން ދިއުމާއެކު ބޮލަށް ލޭއެޅުނީ ކަމަށްވެއެވެ.

amipކުރީގެ މެންބަރު އަމީތު(ކ) އަދި އަމީން(ޥ)

އަހްމަދު މަނިކަކީ އަމީންގެ އިތުރުން ކުރީގެ މަޖިލިސްމެމްބަރ އަދި މިހާރު ޖަޕާންގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕައެވެ.