ހިޔާ ޓަވަރެއްގެ 12 ވަނަ ބުރިން ވެއްޓި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު ހެނދުނު 10 ޖަހާއިރު ކުރިއަށް ގެންދަން ނިންމައިފި އެވެ.

ރޭ ބާރަ ޖަހަން އުޅެނިކޮށް ހިނގި ހާދިސާ ގައި ނިޔާވި މުހައްމަދު އައިހަމް އިސްމާއީލް އެވެ. އަކީ ހއ ދިއްދޫ ކުއްޖެކެވެ. އުމުރުން 15 އަހަރުގެ މުހައްމަދު އައިހަމް ވެއްޓިފައިވަނީ އެޗް-06 ގެ 12 ވަނަ ބުރިންނެވެ. އެ ކުއްޖާ ވެއްޓުމާއެކު ވަގުތުން ހޭނެތުނު ކަމަށްވެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން ގެންދިޔައިރުވެސް ވަރަށް ބައިވަރު ލޭ ބޮލުން ފައިބަމުން ދިޔަކަމަށާއި އަތާއި ފައި ވަނީ ބިނދިފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވެ އައިހަމް ނިޔާވެފައިވާ ކަން ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އައިހަމްގެ ޖަނާޒާ އޮތީ ހެނދުނު 10:00 ގައި ހުޅުމާލެ ސަހަރާ ގައެވެ.