1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރުމަށް ހުށަހަޅަން ފާސްކޮށްފި

cre
ރައީސް ނަޝީދު މަޖިލިހުގެ ޖަލްސާއެއްގައި....ފޮޓޯ:ރާއްޖެއެމްވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
588ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލިހަށް ހުށަހެޅުމަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައެވެ އެ ގޮތަށް ފާސްކުރީ، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ، މި އަހަރުގެ ތެރޭގައި އެމްޑީޕީން ނަޝީދު މަގާމުން ވަކިކުރަން މައްސަލަ ހުށަހަޅާ ދެ ވަނަ ފަހަރެވެެ. އެމްޑީޕީން، އިއްޔެ ވަނީ ރައީސް ނަޝީދު އިތުބާރު ނެތްކަމަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯދާފައެވެ. އެމްޑީޕީގެ އޮފިޝަލުން އިއްޔެ ވިދާޅުވީ ރައީސް ނަޝީދު މަގާމުން ދުރުކުރަން ބޭނުންވާ މިންވަރަށް ސޮއި ލިބިފަވާ ކަމަށެވެ.

300 × 250

ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހެނީ މަދުވެގެން 22 ސޮޔާއެކުގައި ކަމަށްވީއިރު އިއްޔެ އެމްޑީޕީން ވަނީ (22އަށްވުރެ މާގިނައިން) 30 އަށްވުރެ ގިނަ ސޮއި ހަމަކޮށްފައެވެ.

ނަޝީދު މަގާމުން ވަކިކުރާތީ، ޑިމޮކްރެޓުން ވަނީ 'ވައްކަން'ތައް ބެލުމަށް ގޮވާލާފައެވެ. އެމްޑީޕީގެ މެންބަރުން މިހާރު ގަބޫލު ކުރައްވަނީ، އެ ޕާޓީ އަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ވުމުން، ރިޔާސަތުގައި ވެސް އިންނަވަން ޖެހޭނީ އެމްޑީޕީގެ މެންބަރެއް ކަމަށެވެ. އަދި ނަޝީދު މަޖިލީސް ހިންގަވަމުން ގެންދަވާ ގޮތާ މެދު ވެސް އެ މެންބަރުންގެ ނުރުހުން އެބަ އޮތެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު އެވެ. އަދި މަގާމުން ވަކިކުރެވޭނީ، މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީސް ޖަލްސާއަށް ހާޒިރުވެ، ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި