ފިހާރައެއްގެ ތެރޭގައި ސޭޓަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފޯނު ވިއްކާ ފިހާރައެއްގެ ތެރޭގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދިން މަންޒަރު ފެންނަ ވީޑިޔޯއެއް އާންމުވިއެވެ. އެވީޑިޔޯއިން ފެންނަނީ އެ އަންހެން މީހާ އެ ފިހާރައަށް ވަދެ އެ ފިހާރައިގެ މުވައްޒަފަކާ ވާހަކަ ދައްކަން ހުންނަ މަންޒަަރެވެ. އަދި އިރުކޮޅެއް ފަހުން ފެންނަނީ އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވާފައި އޮތް ވަޅިއެއް ނަގައި އެ މުވައްޒަފަށް ހަމަލާދޭ ތަނެވެ.
މިހާދިސާ ހިނގީ މާލޭ މަޖީދީމަގު ޑްރީމްސްމޮބައިލް ތެރޭގަައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.