ދިވެހިންގެ ތެރޭގައި މަގްބޫލް ‘މާކަނާ ޝޯ’ގައި އަލަށް ތައާރަފްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެރެކްޓަރގެ ފޮޓޯއެއް އެމަނިކުފާނަށް އަރުވައިފިއެވެ. ޝޯގެ ޕްރޮޑިއުސަރ ޔާމީން ރަޝީދު މި ފޮޓޯ ހިއްސާކުރަމުން ބުނީ، ޑރ. މުއިއްޒުއާ ބައްދަލުވުމުން ނުހަނު އުފާކުރާ ކަމަށެވެ. ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި، މާކަނާ ޝޯގައި ހިމަނާ އާ ވާހަކަތަކާމެދު މަޝްވަރާ ކޮށްފައި ވާނެ ކަމަށް ޔާމީން ބުންޏެވެ. އަދި މިފަދަ އެޑިއުކޭޝަނަލް ވާހަކަތަކެއް އާއްމުންނަށް ގެނެސްދިނުމަކީ މުހިންމުކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވާކަމަށްވެސް ޔާމީން ވަނީ ބުނެފައެވެ.

މާކަނާޝޯވގެ ކެރެކްޓާރަ(ޑރ މުއިއްޒު)...ފޮޓޯ:ޔާމީންރަޝީދު، އެފްބީ މާކަނާ ޝޯ ގައި ޑރ. މުއިއްޒުގެ ކެރެކްޓަރ ހިމަނަން ނިންމާފައި ވާކަން ފުރަތަމަ އިއުލާނު ކުރިއިރު ފޮޓޯގައި ވަނީ ފިޔާތޮށި ޓައީ އެކެވެ. ނަމަވެސް މިހާރު އެ ޓައީގެ ކުލަ ވަނީ ޕީއެންސީގެ ކުލަ ކަމުގައިވާ ނުލަށް ބަދަލު ކޮށްފައެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.