ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދެކުނުގެ ރަށެއްގައި 18 އަހަރު ނުވާ ކުއްޖަކު ރޭޕްކޮށް ބަލިވެއިން މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ގއ. އަތޮޅާއި ގދ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް، (މި އޮކްޓޯބަރ މަހުގެ 6 ވަނަދުވަހު) މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާގޮތުގައި އެ މައްސަލަ ދިމާވެފައިވަނީ ގދ. އަތޮޅުގެ ރަށެއްގެ 15 އަހަރުގެ އަންހެން ކުއްޖަކަށެވެ. ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކަކަށްވުރެ ގިނަ މީހުން ވެގެންކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތުދެމުން ބުންޏެވެ.
ބަލިވެ އިނީ ކިތައް އަހަރުގެ ކުއްޖެއް ކަމެއް އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއްވެސް ފުލުހުން އަދި ހާމައެއްކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.








ޚިޔާލު (1)
ޙަތަރު އަތޮޅަށް ނިސްބަތްވާ ކުއްޖެއްތަ ތީ ކީއްވެ އޭނަގެ އަތޮޅު ނުލިޔެވެންވީ ޢަދި އަތޮޅު ހާމަ ކުރުމަކުން އޭނައަކީ ކާކުކަން ހާމަވީއެއް ނުޫންވިއްޔާ