މާލޭ އޯކިޑު މަގުގައި ހުރި ސައިކަލެއް ވަގަށް ނަގައިގެން ދުއްވާފައި ދަމުން މީހެއްގެ ދަބަސް ފޭރިގަނެގެން ފިލަން މަސައްކަތް ކުރަނިކޮށް ދެ މީހަކު އެކްސިޑެންޓްވެއްޖެއެވެ.
ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެެއް މިރޭ 19:02 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ދެ ސައިކަލުގެ އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރިގަނެގެން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށެވެ.
ވަގަށް ނެގި ސައިކަލުގައި ދިޔަ ދެ މީހުން އަތްދަބަސް ފޭރިގަތީ ލިލީމަގުގައި ހުރި ފަތުރުވެރިއެއްގެ އަތުންނެވެ. ދަބަސް ފޭރިގަނެގެން ފިލަން މަސައްކަތް ކުރަނިކޮށް އެކްސިޑެންޓްވީ ދިވެހި އިންޝުއަރެންސް އޮފީހާ ހިސާބުންނެވެ. އެ ދެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.