1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަލަސްތީނަށް އެހީއެއް. މިއީ މަދަދުވެރި ވާންވީ ވަޤުތު!

ެehee
ހުވަދޫ ނިއުސް ޓީމް
727ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަލަސްޠީނުގައި އިޒްރާއިލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިވަގުތު ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން ޣާއްޒާގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތްތަށް ބަލާ ދަނީ މަސައްކަތް ކުރަމުންނެވެ .

މިއާއި ގުޅިގެން ޣާއްޒާގެ ރައްޔިތުންނަށް އެހީތެެރިވެ ދިނުމަށް މަސައްކަތް ކުރަމުން ކަމަށް ޚިދުމަތް ޖަމިއްޔާގެ ރައީސް އަބްދުލް ސަމީޢު މުހަންމަދު ވިދާޅުވިއެވެ.

300 × 250

މިވަގުތު ރާއްޖޭގެ ގިނަ ޖަމްޢިއްޔާ ތަކުންނާއި ކުލަބް ތަކުން ޚިދުމަތް ޖަމްޢިއްޔާ އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިޒިންގް އިވެންޓެއް މި ހުކުރު ދުވަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

photo1696856905

ޣާއްޒާގެ ޙާލަތު މިވަގުތު ވަނީ ބަޔާން ކުރަންވެސް ނޭނގޭހާ ދަތި ޙާލެއްގައެވެ. އެއް ޢާއިލާއަކުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

މިހާރުވެސް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން ދަނީ ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކުގެ ގެތައް ހަދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން 'ބިނާ' ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ ދަށުން ފަލަސްޠީނުގެ 4  ގެއެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި ޙާލަތު ދިމާވެފައި މިވަނީ  5 ވަނަ ގޭގެ މަސައްކަތް ކުރިޔަށްދަނިކޮށް ކަމަށް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ޚިދުމަތް ޖަމްޢިއްޔާގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބަައިވެރިވެ އެ ބޭފުޅަކަށް ވެވުނު މިންވަރަކުން މިކަމުގައި އެހީތެެރިވެދިނުމެވެ . އެއްވެސް މަޢުލޫމާތެއް ސާފުކޮށްލަން ބޭނުންވެލައްވާނަމަ ޚިދުމަތް ޖަމްޢިއްޔާގެ ހޮޓްލައިން ނަމްބަރު 7353339 އާއި ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.

އަދި ޙިދުމަތް ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އެހީވުން ވަނީ ހަމައެކަނި ފައިސާ އިން ނުވަތަ މާލީ ގޮތުން އެކަންޏެއް ނޫނެވެ. ވުމާއިއެކު، ކޮންމެ ނަމާދަކަށް ފަހުވެސް ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ހިތްވަރާއި ކާމިޔާބާއި ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރެއްވުން މުހިއްމެެވެ. އެހެނީ ދުޢާއަކީ ވެސް މުސްލިމުންގެ ހަތިޔާރެކެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މުޙައްމަދު ރިފާޝް ރަޝީދު

    ވީވަރަކުން އެހީތެރިވެ ދެއްވާ

ގުޅުންހުރި