އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބާރުވެރި، އަދި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ސަރުކާރަކަށް ހެދުމަށް ވިސްނުންތަކެއް އެބަހުރި ކަމަށް "ދަ ޑިމޮކްރެޓްސް" އިން ބުނެފިއެވެ. ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަބްދުއްރަޙީމާއި މިއަދު ބައްދަލުކުރައްވައި، ޕީޕީއެމް-ޕީއެންސީއާއި އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމަށްފަހުގައި، ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ "ސްޓޭބަލް" ސަރުކާރެއް އޮތުމުގެ މުހިންމުކަމާއި ގުޅޭގޮތުން ކަމަށެވެ. "ސަރުކާރު ބޭނުންވާ، ރަނގަޅަށް ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކޭތީ، ޑިމޮކްރެޓުންނާއި ޑރ.މުޢިއްޒުގެ ސަރުކާރާއިއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯއާއި، މަޝްވަރާ ކުރުމަށް ބައްދަލުވީ." އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބު ކައިރިވެފައިވަނިކޮށް ވެސް، ޕީޕީއެމް/ޕީއެންސީއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަން މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެ މަޝްވަރާތައް ނިންމައިލަން ޖެހުނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންނަށް 15،000އަށްވުރެ ގިނަ ވޯޓު ލިބުނުއިރު، އައު ސަރުކާރުގައި އެ ޕާޓީގެ ހިއްސާ އޮންނާނެ ކަމަށް ޙަސަން ލަޠީފު ކުރިން ވިދާޅުވެފައިވެއެވެ.








ޚިޔާލު (3)
ތީގައިހުންނާނީމަކަރާހީލަތުގެވިސްނުންއެހީވެސްވާނީއެގޮތަށް
އަހުރެމެންގެޕާޓީހަލާކުކޮއްލާފައިއިދިކޮޅުޕާޓީއަށްހެޔޮކަމެއްކޮށްދޭނެތަތިޔައީމައްކާރު
ތިޔައީ އެހެންބަޔަކަށް އެހީވެވޭވަރުގެ ބައެއްނޫން. ތީ ހުސް މެހި ކުރަފި ހޯނު. އޮޅިގެން ނޫޅޭ.