1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިސްރާއީލުގެ ހަމަލާތައް ކުށްވެރިކޮށް ޑރ މުއިއްޒު ކުރެއްވި އެކްސް.ކޮމް ޕޯސްޓަށް އެއްމިލިއަން ވިއުސް!

mujk
ޑރ މުއިއްޒު ގެ އެކްސްކޮމްޕޯސްޓަށް އެތައް ގިނަބައެއްގެ ރުހުން ދަނީ ލިބެމުން....ފޮޓޯ: ޑރމުއިއްޒުޓެލެގްރާމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
3,431ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްރާއީލާ ދެކޮޅަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓަށް އެއް މިލިއަން ވިއުސް ލިބި އެތައް ބަޔެއްގެ ރުހުން ލިބިއްޖެއެވެ.

ޑރ. މުއިއްޒުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ގަދަ ބާރުން އަތުލާފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ އެބައިމީހުންނަށް ދޭންޖެހޭ ކަމަށެވެ.

އެޕޯސްޓުގައި އިތުރަށް މުއިއްޒު ވިދާޅުވެފައި ވަނީ އީސްޓް ޖެރޫސަލަމް(އިރުމަތީ އޫރުސަލީމް) އަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް 1967 ވަނަ އަހަރު އޮތް އިން ވަކިކުރާ ބޯޑަރުތަކަށް ރުޖޫއަވުމަށާއި ވީއެންމެ އަވަސްގޮތެއްގައި ރެފިއުޖީން އަނބުރާ ފަލަސްތީނަށް ދިއުމަށް މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

300 × 250

https://twitter.com/MMuizzu/status/1710666730786226417?s=20

އިންތިހާބީ ރައީސް މިހެން ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދިނުމާ ގުޅިގެން ފަލަސްތީނާއި އިޒްރޭލާއި ދެމެދު ކުއްލި ހަނގުރާމައެއް ފެށިގެން ކުރިއަށްދާން ފެށި ދަނޑިވަޅުގައެެވެ.

މި މަހުގެ 7 ވަނަ ދުވަހު ޑރ މުއިއްޒު ކުރި މި ޕޯސްޓަށް ގިނަ ބައެއްގެ ރުހުން ވަނީ ލިބިފައެވެ. ދިވެހި ރާއްޖެއިން، އިސް މަގާމެއްގެ ބޭފުޅަކަށް އެންމެ ފުރަތަމަ ފަލަސްތީނާއި އިޒްރޭލުގެ މައްސަަލައިގައި މިފަހަރު އިސްނަންގަވައި އެންމެ ފުރަތަމަ ބަހެއް ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ، ކުރީގެ ރައީސް ނަޝީދު، ކުރީގެ ރައީސް މައުމޫނު ފަދަ ބޭފުޅުން ވަނީ ފަލަސްތީނުގެ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މުހައްމަދު

    މިކަންވެސް ސިޔާސީ ކޮށްލުން މުހިންމު ކޮންމެ ދެމީހަކު ނޫހެއް ހަދައިގެން ގައުމު ފަސާދަކުރުން ނޫންކަމެއް ނެތް. މިފަދަ ކަންކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް އެންމެ މަތިވެރި ރައްބުގެ ހަޒުރަތުގައި ދުއާކުރަން. އާމީން.

ގުޅުންހުރި