1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިނިސްޓަރ ސަމީރަށް މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރުގެ ވަރުގަދަ ރައްދެއް

q1
މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
875ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްޑީޕީގެ މެޖޯރިޓީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމަވާފައިވުމުން ރައީސް ނަޝީދު އިސްތިއުފާ ދޭން ޖެހޭ ކަމަށް ވަންޏާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް، ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން 48 މެންބަރުންގެ އަގްބަލިއްޔަތުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްވެ މަޖިލިހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. މިގަރާރު ހުށަހެޅުމާ ގުޅިގެން، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ، ޑިމޮކްރަސީގެ ރީތި އުސޫލަކަށް ވާނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުން ކަމަށެވެ.

އެހެންނަމަވެސް ނަޝީދު އެހުންނެވީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކަމަށާއި މެޖޯރިޓީ ޕާޓީން ނިންމުމުން އަދި ވެސް އެކަން ގަބޫލުފުޅު ނުކުރައްވާ މަގާމުގައި ދެމިހުންނެވުމަށް ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށްވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.

300 × 250

q2މަޑަވެލީދާއިރާގެ ކުރީގެ މެންބަރ ނާޒިމާއި ކުރީގެ ރައީސް ނަޝީދު....ފޮޓޯ:ގާފު

ސަމީރުގެ މިވާހަކަތަކަށް ރައްދުދުދެއްވައި، ތިނަދޫ ދެކުނު ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ސަނީފުގެ ބޭބެ އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް، "ހުވަދޫމީޑިޔާ" އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ފުރަތަމަ ބުރުގައި 86،161 ވޯޓުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދިވެހިން ވަނީ "ނޫނެކޭ" ދަންނަވާފައިކަމަށެވެ.

އަދި ހަމަ ދެވަނަ ބުރުގައި ކުރީފަހަރަށްވުރެ އަދަދު ގިނަކޮށް 109،349 ވޯޓުން ރައްޔިތުން ވަނީ ރައީސް ސާލިހަށް "ނޫނެކޭ" ދަންނަވާފައެވެ. އެހެންކަމުން ރައީސް ނަޝީދު ސަމީރު އެވިދާޅުވާ އުސޫލުން މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވާނަމަ، (އެހަމަ ތަކުގެ މަތީން) ތަކުރާރުކޮށް ދެވަނަ ބުރުވެސް ދިވެހިރައްޔިތުން ރައީސް ސާލިހަށް "ނޫނެކޭ، ބޭނުމީ ޑރ މުހައްމަދު މުއިއްޒޭ ދެންނެވުމުން ރައީސް ސާލިހާއި ކެބިނެޓް ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ މިއީ ގާބިލު ބޭފުޅުން ވިދާޅުވާ ކަހަލަ ބަސްތަކެއް ނޫންކަމަށާއި އަދި މިއޮތް ހާލަތުން ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި