ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ޔަހޫދީން ދެމުން ގެންދާ ހަރުކަށި، އިންސާނިއްޔަތާ ހިލާފު ހަމަލާތަކާދެކޮޅު ހަދައި، ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން ފަލަސްތީނުގެ ދިދައިން ދިވެހި ގައުމީ ދިފާއީ ބާރުގެ މައި ސްކްރީން ދިއްލާލައިފިއެވެ.
އިސްރާއީލުގެ މިހައްދެއް ހުދޫދެއް ނެތް އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް މުޅި ރާއްޖެ ވަނީ ތެދުވެފައެވެ. އެގޮތުން މިހަފްތާގެ ހުކުރު ދުވަހު ހިނގާލުމެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ ސިފައިންގެ މައި މަރުކަޒުގެ ސްކްރީނުން ފަލަސްތީނުގެ ދިދަ ފެންނާނެ ގޮތް ހަދާފައި ވަނީ އެކަން ކޮށް ދިނުމަށް ވަރަށް ގިނަ އާންމުން އެދެމުންދިޔަ ދަނޑިވަޅެއްގައެވެ.
އާންމުން ހޭލުންތެރިކުރުވާ ތަފާތު މެސެޖްތަކާއި އެކި މުނާސަބަތުތަކާއި ގުޅިގެން އެކަމާއި ގުޅޭ މެސެޖަކާއެކު ދިއްލަމުން ގެންދާ ސިފައިންގެ ބޮޑު ސްކްރީން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަނީ ދިއްލާލާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.