ނަހަމަ ގޮތުގައި އޭނާ މިސަަރުކާރުން ހޯދައިގެން އުޅެނީ ކޯޗެއްކަން ބުނެ ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒެއިނާ މިހެން ވިދާޅުވީ މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ޕޯސްޓުގައި ރޮޒައިނާ ވަނީ ދޮގު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ނަހަމަ ގޮތުގައި އެއްޗެއް ހޯދާފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރޮޒައިނާ މިހެން ވިދާޅުވިއިރު، މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ރޮޒައިނާ އާދަމާއި، އޭނާގެ ފިރިމީހާ، މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒަށް ގޯތި ލިބުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ. ރޮޒައިނާއަށާއި، އޭނާގެ ފިރިމީހާއަށް ގޯތި ދިންއިރު، އެ ދެމަފިރިންނަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އެކި އެކި ފިޔަފާރި ހިންގަމުންގެންދާ ދެބޭފުޅުންނެވެ. އަދި އެދެމަފިރިންނަކީ މާލޭގެ މަޝްހޫރު ދެއާއިލާ އަށް ނިސްބަތްވާ ދެބޭފުޅުންނެވެ.
އެގޮތުން ރޮޒައިނާ އަކީ ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ލިބޭ މަޝްހޫރު ޑޮނާޑް އާއިލާ އަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ނާޝިޒް އަކީ އަހްމަދު ތަސްމީން އަލީގެ ކޮއްކޯފުޅެވެ.








ޚިޔާލު (1)
2008 ގައިވެރިކަންބަދަލުވިފަހުންއޭރުގެރައިސުލްޖުމްހުރުއްޔާއައްޔަންކުރިމެންބަރުގެބާކިއޮތްހަމަސްދުވަހުގެމުސާރަކޯތައްގޮސްގެންހޯދީ