1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފަޒުލް ހަމަޖައްސައިފި

e45
ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
ޝަފްޢަތު ، ހުވަދޫ މީޑީއާ
478ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕީއެންސީގެ ޑެޕިއުޓީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ފަޒުލް ރަސީދު ހަމަޖައްސައިފިއެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަޒުލް އެ މަގާމަށް ހަމަޖައްސާފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. ފަޒުލް ވެގެންދާނީ އެ ޕާޓީގައި އެ މަގާމު ފުރުއްވާނެ ފުރަތަމަ މެމްބަރަށެވެ.

ފަޒުލް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓުގައެވެ.

300 × 250

ފަޒުލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ބޭފުޅެކެވެ.

މީގެ ކުރިން ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރެއް ނުހުންނަވައެވެ. ޕީއެންސީއަކީ ޕީޕީއެމްއާއެކު ކޯލިޝަން ހަދައިފައިވާ ޕާޓީއެކެވެ. އެ ދެ ޕާޓީއަކީ ވެސް ކުރީގެ ޔާމީންގެ ލީޑާޝިޕުގެ ދަށުން ހިންގަވާ ޕާޓީއެކެވެ. މިހާރު އެ ދެ ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނަވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީޕީއެމްއަކީ މައި ޕާޓީ ކަމަށް ވިޔަސް ޕީއެންސީގެ ޓިކެޓުގައި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެފައިވާތީ ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީއަށް ވެގެން ވަނީ ޕީއެންސީއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި