އާ ސަރުކާރާއެކު ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ދެއްވައިފިއެވެ.

ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ހޫގޯޔޮން ވިދާޅުވީ، ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ސަފީރުގެ ވާހަކާގައި އަލިއަޅުވާލި ކަންކަމުގެ ގޮތުގައި އިންތިހާބީ ރައީސްގެ އޮފީހުން ބުނީ ރާއްޖޭގެ ތަރައްގީ ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށާއި ރާއްޖޭގައި އަލަށް ގާއިމުކުރި އެމެރިކާ އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.