މާލޭގައި ހިންގަމުންދާ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގަައި ތިން ދިވެއްސަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގައި ހިންގަމުންދާ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެމައުލޫމާތު ލިބުމާ ގުޅިގެން އެ ކްލިނިކުން ތިން ދިވެއްސަކު ހައްޔަރުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ހަައްޔަރުކޮށްފައިވަނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި އަދި 41 އަހަރުގެ ފިރިހެނެކެވެ،
މި އޮޕަރޭޝަން ފުލުހުން ހިންގީ، އެ މުއައްސަސާގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮފަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ނެވެ. އެ މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
މާލޭގައި ހިންގާ ބައެއް ސްޕާތަކުގައި ހަށިވިއްކުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ލިބި ބަލައިޗެކްކޮށް އަތުލައިގަނެވޭ މިންވަރު، މި ކަޅުވިޔަފާރި މާލޭގައި ކުރިއަށް ގެންދާ މިންވަރާ އަޅާބަލާއިރު ކިތަންމެހާވެސް މަދެވެ. މާލޭގެ ސްޕާތަކާއި ސެލޫންތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ތަންތަންވެސް ވަކި މަދެއްނޫނެވެ. މީގެ އިތުރުން މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކަކީ އަދި ގެސްޓުހައުސްތަކުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.