1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްޕްރީމްކޯޓުގެ އެސްޖީ ވަކިކުރީ ގަވައިދާ ހިލާފަށް، ބަދަލުގެ ގޮތުގައި 600,000 އަށްވުރެ ގިނަރުފިޔާ!

HUSN
ޑރ.ހުސައިން ފާއިޒް --- ފޮޓޯ: އަވަސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
355ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް 678,090 ރުފިޔާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ޑރ. ހުސައިން ފާއިޒް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި 7 ޖަނަވަރީ 2019 އިން ފެށިގެން ވަޒީފާއަދާ ކުރަމުން ދަނިކޮށ،ް  2 ނޮވެންބަރު 2022 ގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލައަކީ ވަޒީފާގެ އެއްބަސްވުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ފާއިޒު އެސްޖީގެ މަގާމުން ވަކިކުރުމެވެ.

ހުސައިން ފާއިޒް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ:

300 × 250
  • އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެއްބަސްވުމާއި ވަޒީފާގެ އެއްބަސްވުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް
  • އެ މަގާމަކީ ފަސް އަހަރު ދުވަހުގެ ވަޒީފާއަކަށްވާތީ، އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުން ނިމޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ނަގައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެންގުމަށް

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ޑރ. ހުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަ ކުރާ ފަދަ ހާލަތެއް މެދުވެރިވެގެންކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ފާއިޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމް ކުރުމެއްނެތި ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ކަނޑައަޅައިފައެވެ.

ވަޒިފާއާބެހޭ ގާނޫނަށް ރިއާޔަތްކޮށް، އަދުލުވެރި ބަދަލެއްގެ ގޮތުގައި ފާއިޒް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ 6 ޖަނަވަރީ 2024 ގެ ނިޔަލަށް އޭނާގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެމުންދިޔަ 48,000 ރުފިޔާ ގެ ނިސްބަތުން 678,090.32 ރުފިޔާ ހުސައިން ފާއިޒްއަށް ނަގައިދިނުމަށް ކަނޑައަޅައި އެ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހުސައިން ފާއިޒްއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޑީޖޭއޭގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި