މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފްލެޓު ލިބޭ މީހުންނާއެކު މިވެރިކަން ނިމުމުގެ ކުރިން ސޮއިކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ހަތަރު ހާސް ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިހާރު އާންމުކޮށްފައިވި ނަމަވެސް ފްލެޓު ލިބޭ މީހުންގެ ލިސްޓު އަދި ތަރުތީބުކޮށްފައެއް ނުވެއެވެ.
މިހާރު ނިމެމުންދާ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓް ވަރަށް އަވަހަށް ޔަގީންވާނެކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އަންނަ މަހުގެ 17 ގެ ކުރިން އެ ލިސްޓް ނެރެ، 4000 ޔުނިޓްގެ މަޝްރޫޢުއިން ފްލެޓް ލިބޭ މީހުންނާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްވެސް ނިންމާނެކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.