ދިވެހިންގެ ފަރާތުން މިހާތަނަށް ފަސްމިލިއަން ރުފިޔާއާއި ހަތަރުހާސް ފުޑްޕެކާއި އަދި ފަސްހާސް ލީޓަރުގެ ތެޔޮ ޣާޒާއަށް ފޯރުކޮށްދީފިއެވެ. ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޑައިރެކްޓަރ އޮފް މޯލްޑިވްސް ފަލަސްތީން ރިލޭޝަންސް އަޒްހަދު އަހްމަދު ވިދާޅުވީ މިހާރު ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދާ ހަމައަށް ލިބިފައިވާ ކަމަށެވެ. ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ކުރިޔަށް ގެންދާ ޣައްޒާ އިމަރޖެންސީ ރިލީފް ގެ ތެރެއިން 5000 ލީޓަރުގެ ތެޔޮ ޣައްޒާއަށް ފޯރުކޮށްދީފައި ވަނީ އިއްޔެ ކަމަށާއި 4 ހާސް މީލް ޕޭކް ވެސް މިހާރު ފޯރުކޮށްދެވިފައި ވާ ކަމަށެވެ. އައިއޭސީއިން މައުލޫމާތު ދިން ގޮތުގައި ތެޔޮ ހުސްވެގެން ކަރަންޓު ކެނޑިފައިވާ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އެޑްވާން ހޮސްޕިޓަލަށް ވަނީ 2000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައެވެ. މީގެއިތުރުން ޣައްޒާގެ އުތުރު ސިވިލް ޑިފެންސް (ރެސްކިއު) އުޅަނދުތަކަށް 1000 ލިޓަރ ތެލުގެ އިތުރުން ޣައްޒާގެ އުތުރުގައި ހެލްތު މިނިސްޓްރީއާ ގުޅުންހުރި އެމްބިއުލާންސް ތަކަށްވެސް 2000 ލިޓަރ ގެ ތެޔޮ ވަނީ ފޯރުކޮށްދީފައެވެ. އައިއޭސީގެ ފަންޑު ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. މި ފަންޑަށް އެހީ ވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވިފައެވެ. އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން މިހާރުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެއެވެ.
އައިއޭސީ އެކައުންޓު ނަމްބަރު: 7770000062741
އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން
މި ފަންޑަކީ މިއަހަރު ފަލަސްތީނަށް އެހީވުމަށް އައިއޭސީން ހެދި ދެވަނަ ފަންޑެވެ. ވަކިހައްދެއް (ލިމިޓެއް)، އަދަދެއް ކަނޑައަޅާފައި ނެތުމުން ކޮންމެ ފަރާތަކުންވެސް ބޭނުންވާ މިންވަރަކަށް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ވިދާޅުވެފައިވެއެވެ. އައިއޭސީ މި ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމުގެ އިތުރުން، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭ ގޮތަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.