ކ. ތިލަފުށީގައި ބަނގުރާ ވިއްކަމުން ދިޔަ މީހަކު ބަނގުރާކަމަށް ބެލެވޭ ގިނަ ފުޅިތަކަކާއެކު އެރަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިލަފުށީގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 36 އަހަރުގެ ބިދޭސީ ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
މި ބިދޭސީމީހާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައި ފާސްކުރި އިރު ފެނިފައި ވަނީ ތިންފުޅި ބަނގުރާކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.