1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެފޭއެއް ހިންގި އިމާރާތެއްގައި ރޯވެ އަނދާ ހުލިވެއްޖެ

IMG-9e586fb845e807056823ccad06a0f56e-V
މަޑުއްވަރީގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ކެފޭ-----ފޮޓޯ:-ފޭސްބުކް
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,080ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރ. މަޑުއްވަރީގައި މީގެ ކުރިން ކެފޭ ހިންގަމުން ދިޔަ އިމާރާތެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މަޑުއްވަރީ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މި ހާދިސާހިނގާފައި ރޭފަތިހުގެ ވަގުތެއްގައެވެ. ރޯވި އިމާރާތަކީ މީގެ ކުރިން ކެފޭއެއް ކުރިން ހިންގި އިމާރާތެކެވެ. އެހެން ނަަމަވެސް، މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ކެފޭ ހިންގުން ވަނީ ހުއްޓާލާފައެވެ.

ކެފޭ ބަންދުކޮށްފައި ވާތީ ތަން ހިންގިއިރު ބޭނުންކުރި ސާމާނުތައް ހުރީ ތަނުން ބޭރަށްނެރެފައެެވެ. ސާމާނުތައް ބޭރުގައިހުރުމުން އަނދާ ހުލިވި އިމާރާތުގެ އިތުރުން ގެއްލުތަންހިން ލިބުނު އިތުރު އެއްޗެއް ސީދާ ބުނެދޭން ނޭނގޭ ކަމަށް ކައުންސިލުން ބުނެފައިވެއެެވެ.

300 × 250

ފުލުހުންނާއި، ކައުންސިލް މެންބަރުންގެ އިތުރުން އާންމު ރައްޔިތުން ނިކުމެ އަލިފާން ނިއްވާލުމަށް ކުރި މަސައްކަތުން ހެނދުނު 7:00 ހާއިރު ވަނީ އަލިފާން ނިއްވާލެވިފައެވެ.

މި އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި އެނގިފައި ނުވެއެވެ.

ފަހަކަށް އައިސް މާލެއާއި އަތޮޅުތެރޭގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާ މިންވަރުދަނީ އިތުރުވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި