1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަލަސްތީނަށް އެހީވާން ފުރުސަތު ހުޅުވާލެވިފައި، ދިވެހިންގެ ފަންޑަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

IMG-279ceeb55c8e6f3333131495b7ac02a9-V
ތިނަދޫ ސިޓީ ގައި ކުރިޔަށް ގެންދިޔަ ފަލަސްތީނާ އެކު ދިވެހިން ގެ ހިންގާލުން
ޝަފްޢަތު ، ހުވަދޫ މީޑީއާ
563ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަލަސްތީނަށް އެހީވުމަށް ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށާއި ހުޅުވި ފަންޑަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.

މި މަހުގެ 8 ވަނަ ދުވަހު ހުޅުވި އިމަޖެންސީ ފަންޑަށް، އޮންލައިންކޮށް އެކަނި ވެސް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު އެހެން ފަރާތްތަކުން ހިންގި ފަންޑްރެއިޒިންގެ ހަރަކާތްތަކުން ލިބިފައިވާ ފައިސާ ވެސް އެބަހުރި ކަމަށް އެ ޖަމިއްޔާ އިން ހާމަ ކުރެއެވެ.

އެ ޖަމިއްޔާ އިން ބުނެފައިވަނީ އާ ފަލަސްތީނަށް އެހީވެދޭ ފަންޑު ބަންދުކުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

300 × 250

މީޑިއާ ތަކަށް އެ ރަށުގައި ޖަމްޢިއްޔާ އިން ދީފައިވާ މައުލޫމާތުތައް އެ ބުނާ ގޮތުގައި އެ ފަރާތުން ހިންގާ ޕްރޮޖެކްޓު އަގުތައް ހަދާފައި ވަނީ އެ ޕްރޮޖެކްޓެއް ހިންގުމާއި ބެލެހެއްޓުމާއި ދެމެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީ އަށް ދާނެ ކަމަށް ލަފާކުރާ ހަރަދުތަކާ އެކު، އެވްރެޖު 12.5 ޕަސެންޓް ހިމެނޭ ގޮތަށެވެ.

ދާނެ ތަނެއް ނެތި އަމިއްލަ ވަޒަން ދޫކުރުމަށް އިސްރާއީލުން ކުރި އަމުރުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މުސްލިމް އަޚުންނާއި އުޚްތުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި އެތަކެއް އާއިލާއެއްގެ 700 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އެތައް ހާސް ގެދޮރެއް ވަނީ އެއްކޮށް ނެތިކޮށްލާފައެވެ.

އިސްރާއީލުން ދެމުން ގެންދާ ހަމަލަ ތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީ ވުމަށް މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ދަނީ އެކި ގޮތްގޮތުން ހަރަކާތްތައް ހިންގާ އެހީވުމަށް މަސައްކަތް ކުރަމުންނެވެ.

 

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އިއްބެ

    އުފެދޭސުވާލަކީ7މިލިއަންރުފިޔާގެންގޮސްއަޅާނީއަލިފާނައްތަ

ގުޅުންހުރި