އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ފަދައިން، އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވީ މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ފަދައިން އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޑރ ޝަހީމް ވަނީ ޑރ މުއިއްޒުގެ ވެރިކަމަކީ އަދުލުވެރި ގާނޫނެއް ހިމެނޭ ވެރިކަމެއް ކަމުގައި ލެއްވުމަށް ދުއާ ކުރައްވާފައެވެ.
"ދުޢާއަކީ އެމަނިކުފާނުގެ ވެރިކަމަކީ ހެޔޮ އަދުލުވެރި ގާނޫނޫނުގެ ވެރިކަމެއްކަމުގައި ލެއްވުން.“ ޑރ.ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވ.
އޮގަސްޓު 25 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ރިޔާސީ އިންތިހާބުގައި މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވައި ޑރ. ޝަހީމް ވަނީ މުއިއްޒާއެކު ކެމްޕޭނަށް ގިނަ ރަށްރަށަށް ވަޑައިގެންފައެވެ. އެގޮތުން ރަށްރަށުގައި ބޭއްވި ގިނަ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ޑރ. ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު އެމަނިކުފާނުގެ ރަނިންގމޭޓެވެ.








ޚިޔާލު (1)
އޮޅުވާލާފަ މިނިސްޓަތުކަން ދޭށޭ، އޭރުން ސަރުކާރު ދަމަހައްޓާނަމޭ... ��