ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވަވަން ނިންމަވާފައިވާކަން ހާމަކުރައްވައި މިރޭ ވިދާޅުވީ ކުރިމަތިލައްޥާނީ މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އަށް ކަމަށެވެ. އަދި މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މުހިންމުކަން ބޮޑުކަމުން ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.
ފާރިސް ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާފަ އެވެ.
ނަމަވެސް އެފަހަރު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.