1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިއޭސީގެ އަޒުމް ވަރުގަދަ، ދިނީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން

haza
އައިއޭސީގެ މީޑިއާ ކޯޑިނޭޓަރު ހަޒާދު އަހުމަދު
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,429ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޒްރޭލާއި، ގާޒާ އާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގައި، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން އެހީގެ ތެކެތި ރައްކާކޮށްފައިވާ ގުދަނަކަށް ގެއްލުންވި ނަަމަވެސް، އެ ގެއްލުމުގެ ސަބަބުން މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް އައިއޭސީން ބުނެފިއެވެ.

އެހީތެރިކަން ބޭނުންވެފައިވާ ގައްޒާގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީގެ ތަކެތި ހުރި ގަރާޖު ހުރި، ސަރަހައްދަށް އިޒްރޭލުން ދިން ހަމަލައެއްގައި އެގަރާޖަށް ވަނީ ގެއްލުން ލިބިފަ އެވެ.

ރާއްޖޭގެ ޓީވީ ޗެނަލްތައް ގުޅިގެން ކުރިއަށް ގެންދާ ޓެލްތޯންގައި އެ ހަމަލާ އާ ގުޅޭގޮތުން ވާހަކަދައްކަމުން، އައިއޭސީގެ މީޑިއާ ކޯޑިނޭޓަރު ހަޒާދު އަހުމަދު މިއަދު ވިދާޅުވީ، އެ ހަމަލާއަކީ ސީދާ އެ ގަރާޖަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ނޫން ކަމަށެވެ. އެ ސަރަހައްދަަށް ދިން ހަމަލާގައި ގަރާޖަށްވެސް ގެއްލުން ލިބި އެހީގެ ތެކެއްޗަށް ގެއްލުންވި ނަމަވެސް، އެތަނުގައި ބަހައްޓާފައި އެވަގުތު ހުރި ތަކެއްޗަކީ ވަރަށް މަދު އަދަދެއްގެ ތަކެތި ކަމަށްވުމުން، ގެއްލުން ލިބުނީ ވަަރަށް މަދު ތަކެއްޗެއްކަން އޭނާ ފާހަގަކުރި އެވެ.

300 × 250

ހަމާލާގައި އެތަނަށް ގެއްލުންވީނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް، އެ މަސައްކަތް ހުއްޓާނުލާ އެ ކެމްޕޭނުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އޭނާ އެރުވި އެވެ.

"ހަމަލާތައް ފެށުމުގެ ދެވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން މިދަނީ އެންމެ ބާރުބޮޑުވި ދަނޑިވަޅުގައިވެސް ގައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި. އުނދަގޫ ކަމެއް އެކަމަކު އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ" ހަޒާދު ވިދާޅުވި އެވެ.

ދިވެހީންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީގެ ތަކެތި ރައްކާކޮށްފައި އަބަދުވެސް ބަހައްޓަނީ ވަރަށް ރައްކާތެރިކަމާއެކު ކަން ފާހަގަކުރައްވާ، ދިވެހިން އެކަމާއި ކަންބޮޑުނުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި