1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާ ސަރުކާރަކީ އިސްލާމްދީނަށް އިސްކަންދޭނެ ދިވެހިންގެ ނަމާއި އަބުރު އުފުލައިދޭނެ ސަރުކާރެއް: ޑރ މުއިއްޒު

muio
އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު....ފޮޓޯ:ޕީޕީއެމް އެކްސްކޮމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
621ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ އިސްލާމްދީނަށް އިސްކަންދީ ދިވެހިންގެ ނަމާއަބުރު ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭ ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ އިއްޔެއަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަސްކަމަށްވުމާއެކު ދިވެހިން ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި ޑރ މުއިއްޒު ވިދާޅުވީ މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާ އަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

300 × 250

ޑރ މުއިއްޒު ވިދާޅުވި ގޮތުގައި މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި އިސްތިރާތީޖީ ގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް އެބަހުއްޓެވެ. އެ އިން ކޮންމެ ގޮންޖެހުމަކާ ވެސް ރާއްޖެ އިސްކޮށްގެން، ދިވެހިންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމި އޮތުމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވާނީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތަށް ކަމަށެވެ.

"17 ނޮވެމްބަރުގައި ގާއިމްވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް. މި ގައުމުގެ އިސްތިގުލާލު ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް، ދިވެހިންގެ ރީތި އުޅުމާއި ގުޅުމާ ގޮތްފޮތް ދަމަހައްޓައި ދިވެހިންގެ ނަމާ އަބުރު ބައިނަލްއަގްވާމީ މަސްރަހުގައި އުފުލައިދޭ ސަރުކާރަކަށް." މުއިއްޒުގެ ނެރުއްވި ބަޔާނުގައި ވެއެވެ.

ރާއްޖެ އިސްލާމްވިތާ 897 ފުރުމުގެ ތަހުނިޔާއާއި މުބާރަކްބާދީ ރާއްޖޭގެ ރައްޔިތުންނަށް އަރިސްކޮށް އިސްލާމްދީނުގެ މަތިވެރި އަގީދާއާއި ތެދުމަގުގައި ދިވެހީން ލެހެއްޓެވުން އެދި ޑރ މުއިއްޒު ވަނީ ދުއާ ކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި