ހުރިހާ ދިވެހިން އިސްލާމްދީން ގަބޫލުކުރީ އެއް ދުވަހަކުން ނޫން ކަމަށާއި ފާހަގަ ކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހަކީ، ރާއްޖޭގެ އޭރުގެ ރަސްގެފާނު އިސްލާމްވި ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ.
ނަޝީދު ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްދީން ބަލައިގަތީ އެއް ދުވަހެއްގައި ނޫން ކަމަށާއި، މިއަދު ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހަކީ ރާއްޖޭގެ އޭރުގެ ރަސްގެފާނު އިސްލާމްވި ދުވަސް ކަމަށެވެ.
އެކި ފޮތްތަކުގައި އެކި ގޮތަށް މިވާހަކަ ލިޔެވި ކިޔައިދެމުން އައިސްފައިވެއެވެ. ރަންނަމާރި ވާހަކައާއި ކޮއިމަލާރަސްގެފާނު ފަދަ ވާހަކަ ކިޔައިދީ ލިޔެވިފައިވެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފަށައިފައިވާކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮތީ ހިޖުރައިން 1374 ވަނައަހަރުއެވެ.
އެއީ މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައެވެ. އޭރު ބޮޑުވަޒީރަކަށް ހުންނެވީ ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އެނގިފައިވާ ގޮތުގައި އޭރުން ފެށިގެން 14 އަހަރުވާންދެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރިއެވެ.
ރާއްޖެ އިސްލާމްވި ދުވަސް އަލުން ފާހަގަކުރަން ފަށްޓަވައިފައިވަނީ 33 އަހަރުގެ މެދު ކެނޑުމަކަށްފަހު ރައީސް މައުމޫނުގެ ވެރިކަމުގައި 2000 ވަނަ އަހަރުއެ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.