ބޮލީވުޑްގައި އަރަމުން އަންނަ ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްރާ ކައިވެންޏަށްފަހު އިންޑިއާ އިން ބޭރަށް ކުރި ފުރަތަމަ ދަތުރުގައި ރާއްޖެ އައިސް އޭނާގެ މިދަތުރަކީ މާމުއިހަނދުގެ ދަތުރެއް ނޫންކަމަށާއި މިއީ ގާލްސްޓްރިޕެއް ކަމަށް ބުނެ އިންސްޓަގްރާމްގައި ފޮޓޯ ހިއްސާކޮށްފިއެވެ.
މިދިޔަ މަހު ކައިވެނި ކުރި ޕަރިނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގައެވެ.
ޕަރިނީތީ އޭނާގެ އިންސްޓަގްރާމްގައި އެރިސޯޓްގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުން ބުނެފައިވަނީ މިއީ މާމުއި ހަނދުގެ ދަތުރެއް ނޫން ކަމަށާއި މިއީ "ގާލްސް ޓްރިޕް"އެއް ކަމަށެވެ. ސްވިމިން ޕޫލްގައި ނަގާފައިވާ ފޮޓޯއަކީ އޭނާގެ ފަހަރި ނަގާފައިވާ ފޮޓޯއެއް ކަމަށްވެސް ޕަރިނީތީ ވަނީ ބުނެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.