ބޮލީވުޑްގައި ކާމިޔާބު މަގާމުތަކެއް ހޯދަމުން އަންނަ ޝާހްރުކްހާންގެ "ޖަވާން" އޯޓީޓީގެ ކޮން ޕްލެޓްފޯމަކުން ފެންނާނެތޯ ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައިސް ދެން މިއޮތީ މަދު ދުވަސްކޮޅެއްގެ އިންތިޒާރެއް ކުރަން ޖެހިފައެވެ. ސްޓްރީމިން ނެޓްވޯކް "ނެޓްފްލިކްސް"އަށް ނޮމެވްބަރު ދެވަނަ ދުވަހު "ޖަވާން" އަންނާނެ ކަމަށް ރިޕޯޓްތައް މިވަނީ ކަށަވަރުކޮށްދީފައެވެ.
އެ ދުވަހު "ޖަވާން" ނެޓްފްލިކްސް ގައި ރިލީޒް ކުރަން ނިންމާފައިވަނީ ޝާހުގެ 57 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.
ޝާހްރުކްގެ ޑަބަލްރޯލާއި ދިޕިކާގެ އިތުރުން ނަޔަންތަރާއާއި އެތައް ގިނަ އެހެން ތަރިން ހިމެނޭ މި ފިލްމުގައި ޒުވާން ދަރިފުޅު ޝާހްއަކާއި ދުވަސްވެފައި ހުއްޓަސް ފިޓް ގަދަފަދަ ބައްޕަ ޝާހު އެއް ފެނިގެންދެއެވެ. މިއީ އެޓްލީގެ ހިޔާލަކަށް ޑައިރެކްޓް ކޮށްފައިވާ ފުރިހަމަ ފިލްމެކެވެ.
ސިނަމާތަކުގައި އެޅުވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު "ޖަވާން" އަދިވެސް އަންނަނީ ބޮޑު ސްކްރީންތަކުގައި ދައްކަމުންނެވެ.
މިފިލްމު ވެފައިވަނީ މި އަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމާ އެންމެ ކައިރި ކުރަނީ ޖެނުއަރީ މަހު ނެރުނު ޝާހުގެ އެހެން ފިލްމެއް ކަމަށްވާ ޕަތާން އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.