މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވާ 35 އަހަރާއި 44 އަހަރުގެ އަންހެނަކާއި، 41 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރެއިން ހައްޔަރުކުރި 35 އަހަރުގެ އަންހެން މީހާއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ފުރަތަމަ ބަންދަށް ދިން ދުވަސް ހަމަވުމުން، ފުލުހުން ވަނީ ކްރިމިނަލްކޯޓުގެ މުއްދަތުކޮމިޓީއަަށް އަންހެންމީހާ ހާޒިރު ކުރުމުން އަނެއްކާވެސް އިތުރު ދިހަ ދުވަސް ބަންދުގައި ބެހެއްޓުމަށް މުއްދަތުކޮމިޓީން ވަނީ ނިންމާފަައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށްވެސް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި އުމުރުން 44 އަހަރުގެ އަންހެން މީހާގެ ބަންދަށް އެންމެ ފުރަތަމަ 5 ދުވަސް ޖަހާފައި ވާއިރު އިއްޔެ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށްވެސް އިތުރު 10 ދުވަސް ޖަހާފައެވެ.