ކޭކް ޑޯނާސް އިން އިއްޔެ ބޭއްވި ފަންޑް ރެއިސިންގ ހަރަކާތުގެ ތެރެއިން އެގާރަ ގަޑިއިރުގެ ތެރޭގައި 350،000 އާ ގާތްކުރާ އަދަދަކަށް ހޯދި ރުފިޔާ ފަލަސްތީނުގެ އެހީ ފަންޑް، (އައިއޭސީގެ އެހީ ފަންޑް) އަށް ހަދިޔާކޮށްފިއެވެ.
މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި، އިއްޔެ ހެނދުނު 7:00 އިން ހަވީރު 6:00 އަށް ސްޓޯލްތައް ބަހައްޓައިގެން ވަނީ ތަފާތު އެކި ބާވަތްތަކުގެ ކެއުންތަކާއި، ޕޭސްޓްރީސް އާއި ބުއިން ވިއްކާފައެެވެ.
މީގެ އިތުރުން ހދ. ފިނޭގެ އެ ކޮމިއުނިޓީގެ ވޮލެންޓިއަރުން ހަރަކާތްތެރިވެ، މާލެ ސަރަހައްދުން 341،865 ރުފިޔާ އަދި ފިނޭއިން 5،406 ރުފިޔާއާއެކު ޖުމްލަ 347،271 ރުފިޔާ ލިބިފައިވާކަމަށް ކޭކް ޑޯނާސްގެ ފައުންޑަރ ޢާއިޝަތު ޝެރިން ވިދާޅުވެފައިވެއެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.