1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ މުއިއްޒު ފަށްޓަވާފައިވާ އިސްލާހީ ޕްރޮގްރާމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ މުހިންމު: އަދުރޭ

sun11
މަޖިލީހުގެ މެޖޯރިޓީ އޮވެގެން މެނުވީ ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެ...އަދުރޭ....ފޮޓޯ:ސަން
ޝަފްޢަތު ، ހުވަދޫ މީޑީއާ
664ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ އިސްލާހީ ޕްރޮގްރާމް ތަންފީޒްކުރެއްވުމަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ޕީޕީއެމް/ޕީއެންސީއަށް ބޭނުންވާކަމަށް، ޕީއެންސީގެ ޗެއަރޕާސަން އަދި ޓްރާންސިޝަނަލް ކޮމިޓީގެ ޗެއަރޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ހިންގަނީ ރިޔާސީ ނިޒާމެއްކަމަށާއި، އެނިޒާމުގައި ވެރިކަން ހިންގަން ސަރުކާރުގެ މެޖޯރިޓީ މުހިންމުވާކަމަށް އަބްދުއްރަހީމް އަދުރޭ ވަނީ ވިދާޅުވެފައެވެ.

300 × 250

މަޖިލީހުގެ މެޖޯރިޓީ މުހިންމުވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ގާނޫނު އަސާސީން އެކުލަވާލައިދިން ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހެދުމާއި ގާނުއަސީ އިސްލާހުކުރުމުގެ ބާރުވެސް އޮތް މަޖިލިސްކަމަށެވެ. މިގޮތުން ޑރ މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ހިދުމަތްކުރުމަށް ވަރަށް ގިނަ ގާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތައް އެބަހުރިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ އިސްލާހުތައް ގެނެސްގެން މެނުވީ އައު ސަރުކާރުގެ އިސްލާހީ ބަދަލުތައް ނުގެނެވޭނެކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އޮވެގެން މެނުވީ ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަދުގެ ސަރުކާރަށްވެސް ސުޕާ މެޖޯރިޓީ ލިބުނުކަމަށާއި ނަމަވެސް މި ސަރުކާރުން އެކަމުގެ ނާޖާއިޒް ބޭނުންކުރިކަމަށް ފާހަގަކުރައްވައި އަބްދުއްރަޙީމް ވިދާޅުވީ ޖޭއެސްސީ އިސްލާޙުކުރާނެކަމަށް ވަޢުދުވެ އައި ސަރުކާރަކަށް އެތަން އިސްލާހުކުރެވިފައިނުވާކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް ޕީޕީއެމް/ޕީއެންސީއާއި، އެކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި