1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޑަ ދެކުއްޖަކަށް ނުބައި ވެކްސިން ދިން މައްސަލައެއް ފެންމަތިވެއްޖެ

kei
ނ ކެނދިކުޅުދޫ ހޮސްޕިޓަލް....ފޮޓޯ:ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
3,806ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޑަ ދެ ކުއްޖަކަށް އައިޕީވީ ވެކްސިނުގެ ބަދަލުގައި އެޗްޕީވީ ވެކްސިނެއްދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ހޮސްޕިޓަލުން އެ ދެ ކުދިން ގަޔަށް ނުބައި ވެކްސިނެއް ޖެހި މައްސަލައާއި ގުޅިގެން އެކަމުގެ ނުރުހުން އެރަށު މީހުން ފާޅު ކުރަމުންދާ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

އެ ކުދިންނަށް ނުބައި ވެކްސިނެއް ދީފައިވަނީ ދިވެހި ނަރުހެއްކަމަށާއި ނަމަވެސް އެ ނަރުހާމެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އޮންލައިން ނޫހަކުން ވަނީ ބުނެފައެވެ.

300 × 250

މި ހާދިސާ ހިނގާފައިވަނީ މި މަހު 10 ވަނަ ދުވަހު ކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުދިންނަށް ދެވުނީ ނުބައި ވެކްސިނެއްކަން އެނގުނީ ވައިލްތައް އުކާލަނިކޮށް ކަމަށާއި އޭރު އެކުދިން ވަނީ ގެއަށް ގެންގޮސްފައެވެ.

މި މައްސަލަ ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާއި އަދި އެ ކުޑަކުދިންގެ ތެރޭގައި އަހަރުނުވާ ކުއްޖަކު ހިމެނޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި