1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނިއުމާގެ "ކަޅަކި" ގެ ހުކުރު ދުވަހުގެ ޓިކެޓު ފައިސާ ފަލަސްތީނަށް! ޓިކެޓު ނެގުމަކީ ނިއުމާގެ އާދޭހެއް!

ނ
ނިއުމާ، އޮލިމްޕަހުގައި........ފޮޓޯ: ނިއުމާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,802ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިހާތަނާ ޖެހެންދެން ވެސް ދިވެހި ފިލްމީ އިންޑަސްޓްރީގައި ބަދަލެއް ނައިސް، ދިގު ފަންސަވީސްއަހަރަށްވުރެ ދުވަސްވީއިރުވެސް، އެ އުދަރެހުގައި ވިދަމުން އަންނަ ތަރި ނިއުމާ މުހައްމަދުގެ ކަޅަކި ފިލްމުގެ މާދަމާ ރޭގެ ޝޯވ ފަަލަސްތީނުގެ އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީވުމަށް ހާއްސަކޮށްފިއެވެ.

ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ނިއުމާ ބުނީ ކަޅަކި ފިލްމުގެ މާދަމާރޭގެ ޝޯވ އަށް ލިބޭ ހުރިހާ ފައިސާއަކާއި އަދި އޮލިމްޕަހުގައި މިހާރުވެސް ބަހައްޓާފައިވާ ފަންޑުފޮށްޓަށް ލިބޭ ހުރިހާ ލާރިއެއް އެކުގައި އައިއޭސީގެ ގާޒާފަންޑަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

މިހާރުވެސް އޮލިމްޕަހުގައި ފަންޑުފޮށްޓެއް ބަހައްޓާފައި ހުންނާނެ ކަމަށް ނިއުމާ ވަނީ ބުނެފައެވެ. އެ ފަންޑު ފޮށްޓަށް މާދަމާރޭގެ ޝޯވ ނިމެންދެން ޖަމާވާ ހުރިހާ ފައިސާއަކާއެކު ޝޯވގެ ޓިކެޓުން ލިބޭ ހުރިހާ ލާރިއަކާ އެކީ ޣާޒާ ފަންޑަށް ޖަމާކުރާ ގޮތަށް ނިއުމާ ވަނީ ނިންމާފައެވެ. ވުމާއެކު ވީހާވެސް ގިނަ ފަރާތްތަކުން މާދަމާ ރޭގެ ޝޯއަށް ޓިކެޓް ބައްލަވައިގެން މާދަމާރޭގެ ޝޯވއަށް ވަޑައިގެންނެވުމަށާއި މިހާރުން ފެށިގެން އޮލިމްޕަހުގައި ހުރި ފަންޑްފޮށްޓަށް ފައިސާ ޖަމާ ކޮށްދެއްވުމަކީ ނިއުމާގެ ވަރަށްބޮޑު އިލްތިމާސްއެކެވެ.

300 × 250

"ވީހާވެސް ގިނަ ބޭފުޅުން މާދަމާރޭގެ ޝޯވއަށް ވަޑައިގެން ފަންޑު ކޮށްދެއްވުން އެދެނީ، ފަންޑްފޮށްޓެއް މިހާރުންފެށިގެންވެސް އޮލިމްޕަހުގައި ހުންނާނެ، ވީހާވެސް ގިނަ ބޭފުޅުން މާދަމާރޭގެ ޙާއްސަ ޝޯވއަށް ވަޑައިގަތުން ވަރަށް ބޮޑަށް އެދެން،"

މަޝްހޫރު އަދި ކާމިޔާބު ފިލްމީ ތަރި ނިއުމާގެ ކަޅަކި އަކީ މިހާތަނަށް ދިވެހިރާއްޖޭގައި ނުކުތް އެންމެ ތަފާތު އަދި އެހާމެ އާދަޔާހިލާފު މޮޅު ފިލްމެކެވެ. ނިއުމާގެ ގިނަ ފިލްމުތަކަކީ ތަފާތު، ދިވެހިންގެ ހިތްތަކަށް އަސަރު ފޯރުވާފައިވާ ހިތްތަކުން ނުފިލާފަދަ ފިލްމުތަކެކެެވެ. އޭގެ ތެރެއިން ވެސް ހާއްސަވެފައިވާ ނިއުމާގެ ކުޅަދާނަ އެކްޓް ފެނިގެންދިޔަ ބިރުވެރި ފިލްމުތަކުގެ ރަސްކަން ކުރި ފަތިސްހަނދުވަރުގެ ހަނދާންތައް ފިލުވާލާ ވަރުގެ ގަދަފަދަ ބިރުވެރި ފިލްމަކަށް ކަޅަކި މިވަނީ ވެފައެވެ.

މިމަހުގެ ހަތެއްގައި މި ފިލްމު އޮލިމްޕަހުގައި އަޅުވާފައިވާ އިރު މި ފިލްމު މިހާތަނަށް ބެލި ފަރާތްތަކުން ބުނި ގޮތުގައި މިއީ މިހާތަނަށް ބެލުނު އެންމެ ތަފާތު، އެންމެ ބިރުވެރި، އަސަރު ކުރުވާ ދިވެހި ފިލްމެވެ.

މިފުރިހަމަ ފިލްމު ބަލާލުމާއެކު ޣާޒާގެ އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީއެއް ވެދެއްވުމަށް މާދަމާ ރޭގެ "ކަޅަކި" ޝޯވގެ ސީޓެއް ބުކް ކުރަން އަވަހަށް ގުޅާށެވެ.

ގުޅޭނެ ނަމްބަރު: 9494455 އަށް ގުޅައިގެން ޓިކެޓް ނަންގަވާ!

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި