ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްލައިންޑް އެސޯސިއޭޝަން) އިން ފަލަސްތީނުގެ އަނިޔާލިބެމުންދާ މުސްލިމް ރައްޔިތުންނަށް 31،000ރ. ހަދިޔާކޮށްފިއެވެ.
ލޯފަން ކުދިންގެ ހައްގުގައި އުފައްދާފައިވާ ބްލައިންޑް އެސޯސިއޭޝަނުން ބުނީ އެ ޖަމިއްޔާގެ މާލިއްޔަތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ވަކިވަކި ފަރުދުންގެ ބައިވެރިވުމާ އެކު ފަަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެ ޖަމިއްޔާ އިން 31،000ރ. ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ފައިސާ މިހާރު ހިދުމަތް ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބްލައިންޑް އެސޯސިއޭޝަނުން ބުންޏެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި އެކިއެކި ޖަމާއަތްތަކުން ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ.

އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގައި މިހާތަނަށް އައިއިރު، 3،785 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި 1،500 ކުޑަކުދިންނާއި 1،000 އަންހެނުން ހިމެނެއެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރާލާފައި ވަނީ 1،400 މީހުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.