ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ހުޅުމާލެ ދެވަނަ ފޭސްގައި ދިރިއުޅެމުންދާ ހިޔާ ފްލެޓުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ރޭ އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ޑރ. މުއިއްޒު ހުޅުމާލެ ދެވަނަ ފޭސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު (ހުކުރު ދުވަހު) ހަވީރު 04:00 ގައެވެ. މިއީ ހަމަ ރައްޔިތުންނަށް ޒިޔާރަތް ކޮށްލެއްވުމުގެ ދަތުރުފުޅެއް ކަމަށް ފިރުޒުލް ވަނީ ހާމަކުރައްވާފައެވެ.
މުޢިއްޒު ވަޑައިގަންނަވާނީ އެއް ނަންބަރު ބަސް ސްޓޮޕް ކައިރިއަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މާލެ ސިޓީގައި މަސައްކަތް ކުރި ކެމްޕޭން ޓީމުތަކާ ވެސް ޑރ މުއިއްޒު ވަނީ ރޭގައި ބައްދަލު ކުރައްވައިފައެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ހަފުލާގައި މުއިއްޒު އެދިވަޑައިގަތީ ވެރިކަން ދެމެހެއްޓުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ. އޭގެ ކުރިން ޑރ މުއިއްޒު ވަނީ މާލޭ މޭޔަރުކަމަށް އަލްވަދާއު ވިދާޅުވުމުގެ ގޮތުން ސިޓީކައުންސިލްގެ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މަގާމާ ރަސްމީ ކޮށް ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، މިފަދަ ހުރިހާ ކަމެއްހެން ޑރ މުއިއްޒު ކުރައްވަމުން ގެންދަވަނީ ނަމޫނާ ރިވެތި ގޮތެއްގައި ހަމަޖެހޭ އުސޫލުތަކެއްގެ މަތިން ނިކަންވެސް ރިވެތި މިސާލު ދައްކަވަމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.