ފަނަރަ އަަހަރުގެ ދިގު މުއްދަކަށް ކިޔަވައިދިނުން މެދުކަނޑާލުމަށްފަހު އަލުން މިއަދު ތިން ދަރިވަރުންނާއެކު ވ ރަކީދޫ ސްކޫލުގައި ސެޓެލައިޓް ސްކޫލުގެ ނިޒާމުން ކިޔަވައިދޭން މިއަދު ފަށައިފިއެވެ.
ވ. ރަކީދޫ ސްކޫލްގައި "ސެޓެލައިޓް ސްކޫލް" ނިޒާމުން މިއަދު ކިޔަވައިދޭން ފެށިފައިވާކަން ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނީ ވިދާޅުވީ އެ ސްކޫލްގެ ކިޔެވުން ފެށުނީ 3 ދަރިވަރުންނާ އެކުގައި ކަމަށެވެ. ރަކީދޫގައި މި ނިޒާމުން ކިޔަވައިދޭން ފަށާފައިވަނީ ސަރުކާރުން އަލަށް ތަރައްގީ ކުރި ސްކޫލު އިމާރާތުގައި އެވެ.
އެސްކޫލުގެ ކިޔެވުން ފެށިފައި މިވަނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުން އެރަށުގައި ދިރިއުޅެމުންދާ ހަތަރު ކުދިން ބާކީވެފައިވާ މައްސަލައެއް މިމަހުގެ ކުރީ ކޮޅު ފެންމަތިވެފައި ވަނި ކޮށެވެ. އެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.