ފިލްމީދާއިރާއަށް ނުކުތީއްސުރެ ދެގޮތެނުވެ އެދާއިރާގައި ދެމިހުރި، އަދިގިނަ ހިތްތަކުގެ ރުހުން ލިބިފައިވާ އަލީ ސީޒަން ފިލްމީ ދާއިރާއާ މުޅިން ތަފާތު، ސިޔާސީ މައިދާނަށް ނުކުންނަން އުޅޭކަން ހާމަކޮށްފިއެވެ. އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ހާމަކޮށް،ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ސީޒަށް ބުނީ އޭނާ ކުރިމަތިލައްވަން ގަސްތުކުރަނީ ތުލުސްދޫ ދިއްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަކަށް ކަމަށާއި ޕީޕިއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމެރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން ސީޒަން ބުނީ އޭނާގެ މި ނިންމުމަކީ އެތައް ބައެއްގެ އެދުމަށް ޖަވާބުދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ. ފިލްމީ ދާއިރާއާ ދުރަށް ދާނެ ވާހަކަ ނުބުނި ނަމަވެސް އަބަދުވެސް އެދާއިރާއަށް އެހީތެރިވެދޭނެ ކަމަށް ސީޒަން ބުންޏެވެ.
ދާދިފަހުން ސީޒަން ވަނީ ފިލްމީ ދާއިރާއިން ބްރޭކެއް ވެސް ނަގާފައެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ސީޒަން ވަނީ ޕީއެންސީގެ ރިިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ކެމްޕޭނުގައި ބައެއް ރަށްރަށުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.