އޮކްޓޯބަރ 20، ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި އޮތް ކާމިޔާބު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ފިލްމު "ކަޅަކި"ގެ ހާއްސަ ޝޯވ، "ކަޅަކި ފަލަސްތީން ޝޯވ" އަށް -/40،500 (ސާޅީސް ހާސް ފަސްސަތޭކަ) އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
"ހުވަދޫ" ނޫޙަށް މައުލޫމާތު ދެމުން ނިއުމާ ބުނީ ހުކުރު ދުވަހުގެ ރޭގެ ޝޯވގެ ޓިކެޓަށް ލިބުނީ 37،500 ރުފިޔާ ކަމަށެވެ. އަދި ނިއުމާގެ އެކައުންޓަށް ލިބުނު ފައިސާއާއެކު ޖުމްލަ -/40،500 އެރޭގެ ޝޯވއަށް ލިބުނު ކަމަށެވެ. އެހެންނަމަވެސް މިފައިސާ އަދި އައިއޭސީގެ ގާޒާފަންޑަށް ހަވާލެއް ނުކުރެއެވެ. ސަބަބަކީ މިމަހުގެ 25 ވާ މިހަފްތާގެ ބުދަ ދުވަހުގެ ރޭ ދިވެހި ފިލްމު އިންޑަސްޓްރީގެ ހުރިހާ ފަންނާނުން ބާއްވާ ރެލީއަށް ފަހު އޮލިމްޕަހުގައި ބަހައްޓާފައި ހުރި ފަންޑު ފޮށީގެ ފައިސާއާއެކު މިފައިސާ އައިއޭސީގެ ގާޒާ ފަންޑަށް ހަދިޔާ ކުރާ ގޮތަށް ހަމަޖައްސާފައިވާތީއެވެ.
ނިއުމާ ބުނި ގޮތުގައި "ކަޅަކި ފަލަސްތީން ޝޯވ" އަށް ލިބުނު ފައިސާ ހަދިޔާ ކުރާނީ މިހާރުވެސް އޮލިމްޕަހުގައި ހުރި ފަންޑު ފޮށީގެ ފައިސާއާއެކުގައި ކަމަށެވެ. އޮލިމްޕަހުގައި ބަހައްޓާފައިވާ ފަންޑު ފޮށްޓަށް އަދިވެސް އެހީ ހަދިޔާ ކުޔެރެވޭނެއެވެ.
ނިއުމާ ވަނީ މިހާއްސަ ޝޯވ މެދުވެރކިކޮށް ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނަށް އެހީވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެެވެ. އަދިވެސް އިތުރަށް ބުދަ ދުވަހު ފޮށި ބަންދުކުރުމުގެ ކުރިން ވީހާވެސް ގިނަ ފަރާތްތަކުން އެހީ ދިނުމަށް ނިއުމާ ވަަަަަަަަަަަަަަަަަަަނީ އެދިފައެެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.