1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ އަނާރާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވނީ

ana2
ޑރ އަނާރާ ނައީމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
700ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ހާމަމުރައްވަފިއެވެ.

ޑރ އަނާރާ މިކަން ހާމަކުރެއްވީ އެކްސް.ކޮމް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސް.ކޮމްގައި ޑރ އަނާރާ ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި އޭނާ ވާދަކުރައްވަން ނިންމަވާފައިވަނީ މަޖިލީހަށް އަލަށް އިތުރުކުރި ހަ ދާއިރާގެ ތެެރޭގައި ހިމެނޭ ހުރާ ދާއިރާއަށް ކަމަށެވެ.

300 × 250

މަޖިލީހުގެ އަށާރަ ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ ތަމްސީލު ކުރެއްވި ދީނީ އިލްމުވެރިޔާ ޑރ.އަނާރާ ވަނީ, ނަވާރަވަނަ ދައުރުގައި ވެސް އެ ދާއިރާއަށް ވާދަކުރައްވައިިފައެވެ. ޑރ އަނާރާއަކީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް މަޖިލީހުގައި ތަމްސީލު ކުރެއްވި ހަމައެކަނި މެމްބަރެވެ.

ޑރ. އަނާރާ އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވީ 29 ޑިސެމްބަރު 2021 ގައެވެ. އޭގެފަހުން ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށްފަހު މިދިޔަ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައި ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ އަނާރާއަކީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން ޕީއެޗްޑީ ހައްދަވާފައިވާ ދީނީ އިލްމުވެރިއެކެވެ.

މަޖިލީހަށް ހަ ދާއިރާއެއް އިތުރުކޮށްފައިވާއިރު އަންނަ ދައުރުގައި މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިހާބުކުރުން އޮންނާނީ 2024 މާރިޗު މަހުގެ ފަހުކޮޅުގައި ނުވަތަ އޭޕްރީލު ކުރީކޮޅުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް ނިންމައި އިއުލާނެއް ނުކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި