1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އަޅުގަނޑަކީ "ޕްރޯމޯލްޑިވްސް"މީހެއް. އެންމެ ފުރަތަމަ އަންނާނީ ގައުމާއި މިނިވަންކަން: ޑރ މުއިއްޒު

muxi
ފޮޓޯ: ޕްރެޒިޑެންޓް ޑރ މުއިއްޒު ފޮޓޯހަބް
ޝަފްޢަތު ، ހުވަދޫ މީޑީއާ
611ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އެންމެ ފުރަތަމަ އަންނާނީ ދިވެހި ގައުމާއި މިނިވަންކަން ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިިފަދައިން ވިދާޅުވީ ބީބީސީ އަށް ދެއްވި އިންޓަވިއެއްގައި ވާހަކަދައްކަވަމުންނެވެ.

އިޑރ މުއިއްޒު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވަނީ ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާގެ އެންމެ މީހަކުވެސް ހުންނަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންނަށް ވީ ވައުދު ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

މުއިއްޒު އިތުރަށް ވިދާޅުވީ ބޭރުގެ އަސްކަރިއްޔާގެ ސިފައިން ތިބުމުން ރާއްޖެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާ އަދި އިންޑިއާ އަކީ ދުނިޔޭގެ ބޮޑު ދެބާރު ކަމަށާއި އެ ދެގައުމުގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ރާއްޖެ ފިތެން ބޭނުން ނުވާ ކަމަށެވެ.

"ދުނިޔޭގެ މި ދެ ބާރުގެ ހަނގުރާމައިގެ ތެރެއަށް ވަދެވޭ ވަރަށްވުރެ ރާއްޖެ ކުޑަ. އަޅުގަނޑުމެން މިކަމުގެ ތެރެއަށް ނުވަންނާނެ،" މުއިއްޒު ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބީބީސީ އަށް ދެއްވި އިންޓަވިއެއްގައި ރައީސް ސޯލިހު ވަނީ ރާއްޖޭގައި ބޭރުގެ މިލިޓަރީ ސިފައިން ތިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދޮގު ކުރައްވައިފައެވެ.

"އަސްކަރީ ގޮތުން ހަރަކާތްތެރިވާ ބޭރުގެ އެއްވެސް މީހަކު ރާއްޖޭގައި ނުތިބޭނެ. މިހާރު އެގައުމުގައި ތިބި އިންޑިއާ ސިފައިން ތިބީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮޕަރޭޝަނަލް ކޮމާންޑުގެ ދަށުގައި،" ރައީސް ސޯލިހު މީގެކުރިން ބީބީސީ އަށް ވިދާޅުވިއެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ މައްސަލަ އަކީ ހަމައެކަނި އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި މަތިންދާ ބޯޓުގެ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އިންޑިއާއާއެކު ރާއްޖެ އިން ހަދާފައިވާ ހުރިހާ އެއްބަސްވުންތައް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި