1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަޅިއަކުން ސޭޓަކަށް ހަމަލާދިން އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

vim
އަންހެން މީހާ ހަމަލަ ދިނީ ޗާންދަނީމަގުގައި ހުންނަ "ޑްރީމްސް މޯބައިލް" ފިހާރަ އަށް ވަދެ، އެ ފިހާރައިގައި ހުރި ސޭޓަށް.....ފޮޓޯ:އެޑިޝަން
ޝަފްޢަތު ، ހުވަދޫ މީޑީއާ
742ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ ފިހާރައިގައި އިން ސޭޓަށް, އެ ފިހާރައަކަށް ވަދެ، ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ފުރަތަމަ ޖެހި ފަނަރަ ދުވަހުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީއަށް ހާޒިރުކޮށް އިތުރު 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ތ. ތިމަރަފުށި ފާތިމަތު ޝަހުދާ(ދަންނަ މީހުން އާންމުކޮށް ގޮވާ އުޅޭނަން 'ކަމަނަ')އެވެ.

300 × 250

ޝަހުދާ ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުުގައި ބުނީ އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން، އެތަނަށް ދިޔަ ފުލުހުން ވަނީ ހާދިސާ ރިޕޯޓާއި، ހާދިސާ ހިނގިތަނުގެ ސީސީޓީވީ ސްނެޕް ޝޮޓްތަކާއި އަދި ހާދިސާ ހިނގިތަނުގެ ވީޑިއޯ ފުޓޭޖް ވެސް ހުށަހަޅާފައެވެ.

އެ އަމުރުުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ހާލަތަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް މިފަދަ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް އަމުރުގައި ވެއެވެ.

މިމަހުގެ 7 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، ޗާންދަނީމަގުގައި ހުންނަ "ޑްރީމްސް މޯބައިލް" ފިހާރަ އަށް އަންހެނަކު ވަދެ، އެ ފިހާރައިގައި ހުރި ސޭޓު ކައިރީ ފޯނެއް ދެއްކުމަށް އެދެއެވެ. ނަމަވެސް ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ. އިރުކޮޅެއް ފަހުން އަންހެން މީހާ ކޮންމެވެސް ކަމަކާ ނުރުހިގެން ޒުވާބު ކުރަމުން ގޮސް، މީހަކު އާދޭތޯ ބެލުމަށްފަހު ވާއަތު ޖީބުން ވަަޅި ނަގައި ސޭޓުގެ ކަރުގައި ވަޅި އަޅާ މަންޒަރު ފެނެއެވެ.

މި ހާދިސާގައި އަނިޔާވި ސޭޓަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި