ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން 65 ޝަކުވާއެއް ލިބިފައިވާ ކަމަށާއި ނަމަވެސް ގޮތެއް ނިންމޭނީ އަންނަ ހަފްތާ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އިންތިހާބުކުރާ މެމްބަރުންގެ އަދަދު 93 އަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ނިންމައިފަ އެވެ. މިހާރު ތިއްބަވާ 87 މެމްބަރުންގެ ބަދަލުގައި 93 މެމްބަރުން އިތުރުކުރަން ނިންމީ އާބާދީ އަށް ބެލުމަށް ފަހު ބައެއް ދާއިރާތައް އިތުރުކުރަން ނިންމުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޮމިޝަނުން ދާއިރާތައް ކަނޑައެޅި ގޮތާ ބެހޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވައިލުމުން 65 ޝަކުވާއެއް ލިބުނުއިރު އޭގެ ތެރެއިން އެންމެ ގިނައީ އަލަށް އުފައްދަން ނިންމާފައިވާ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޝަކުވާތައް ކަމަށެވެ. އެ ދާއިރާއާ ބެހޭގޮތުން ވަނީ 44 ޝަކުވާއެއް ހުށަހަޅާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.