1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއިން ފަލަސްތީނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރަނީ

razab
ރާއްޖެއިން ފަލަސްތީނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ނިންމެވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު....ފޮޓޯ:ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
386ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖެއިން ފަލަސްތީނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައެވެ.

ޝާހިދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނިންމަވާފައި ވާކަމުގައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން މި ފުރުޞަތުގައި ތަކުރާރުކުރައްވާ ކަމަށްވެސް ފޮރިންގ މިނިސްޓަރ ޝާހިދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

300 × 250

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގައި ދަނީ ބޮޑެތި މުޒާހިރާތައްވެސް ބާއްވަމުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ރާއްޖޭގައި ފަންޑު ރެއިސްކުރުމުގެ ހަރަކާތްތައްވެސް ފުޅާ ދާއިރާއެއްގައި ގެންދަނީ ކުރިޔަށް ގެންދަމުންނެވެ.

އޭގެ އިތުރުން، އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް، އދ.ގެ އެމަޖެންސީ ސެޝަނެއް ބާއްވާ ދިނުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ވަނީ އެދިފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާގެ 700 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މިގޮތުން ހަނގުރާމާގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރުވަނީ 5،000 އަށްވުރެ މައްޗަށް ގޮސްފައެވެ. އިސްރާއީލުން މަރުވެފައިވަނީ 1،400 މީހުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި