1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޞިއްޙަތު

ދިރި މި ހުރީ އޭޑީކޭގައި ފަރުވާ ލިބޭނެ ގޮތް މާތްﷲ މިންވަރު ކުރެއްވުމުން: ނަޝީދު

ނިޔ3
މަޖިލީހުގެ ރައީސް ނަޝީދު، އޭޑީކޭ ހޮސްޕިޓަލްގެ ފަސް ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,211ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމަނިކުފާނު އަވަހާރަކޮށްލުމަށް 6 މެއި 2021 ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ފުރާނަ ސަލާމަތްވެ ހެޔޮ ހާލުގައި މިއަދު ހުންނެވުމުގެ ނަސީބު ލިބިވަޑައިގެންފައިވަނީ ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ލިބޭނެ ގޮތް މާތްﷲ މިންވަރުކުރެއްވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލުން އެ މަނިކުފާނަށް ދެއްވި، ފުރިހަމަ ފަރުވާގެ ހަނދާންތައް އާކުރައްވައި އެ ހޮސްޕިޓަލަށް އަނެއްކާވެސް ޝުކުރު އަދާކުރައްވާފައެވެ. މީގެ ކުރިންވެސް ވަނީ ނަޝީދު ވަނީ ހަމަލާއާ ގުޅިގެން އޭޑީކޭއިން އެމަނިކުފާނަށް ދެއްވި އަވަސް ފަރުވާއަށްޓަކައި އެ ހޮސްޕިޓަލުގެ މެނޭޖުމެންޓަށާއި މުވައްޒަފުންނާއި އެ މަނިކުފާނަށް ފަރުވާ ދެއްވި ޓީމަށް ޝުކުރު އަދާކުރައްވައިފައެވެ.

ނަޝީދު މިހެން ވިދާޅުވީ އޭޑީކޭ އިން ކޮންމެ އަހަރަކު ބާއްވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް"ގެ މި އަހަރުގެ އެޑިޝަން ފެށުމަށް ވިލާ ނޯޓިކާގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

300 × 250

ނަޝީދު ވިދާޅުވީ، އެ ހޮސްޕިޓަލްގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފު އިސްވެ ހުންނަވައި، އެ ހޮސްޕިޓަލްގެ ގާބިލް ޓީމުން އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ކަމަށެވެ. އަދި އެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ގަދަވެ ސަލާމަތުން އެމަނިކުފާނަށް ވަޑައިގެންނެވުނީ އޭޑީކޭގެ ސަބަބުން ކަމަށެވެ.

"މިއަދު އަޅުގަނޑަށް ގަދަވެ ސަލާމަތުން މިތާ ހުރެވެނީ ހަމަލާއަށް ފަހު ފަރުވާ ހޯދުމަށް އޭޑީކޭއަށް ގެންދަން މާތް ﷲ މެދުވެރިކުރެއްވުމުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އޭޑީކޭއަށް ގެންދިއުމުން ޑރ. އަލީ ނިޔާފު ލީޑު ކުރައްވި ޓީމުން އެ މަނިކުފާނު ފުރާނަފުޅު އެތައް ފަހަރު ސަލާމަތް ކުރެއްވި ކަމަށާއި ހަށިގަނޑުގެ އެތައް މިތަނުން ރޭޒަރު ފުށްތައް ނެގުމަށް އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ.

ނިޔަ1

މަޖިލީހުގެ ރައީސް ނަޝީދު، އޭޑީކޭ ހޮސްޕިޓަލްގެ ފަސް ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު    ހަމަލާގެ ސަބަބުން ބޮލާއި އުނަގަނޑު އަދި ޖުމްލަކޮށް މުޅި ހަށިގަނޑުގެ ތެރެއަށް ވަތް އެތިކޮޅުތައް ނެގިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑަކީ ބްރެއިން އެންޑް ސްޕައިން ސާޖަރީގެ ތެރެއަށް އެންމެ ބޮޑަށް ވަދެވިފައި ހުރި މީހާއަށް ވުމަކީ ގާތްކަމެއް" ކަމަށެވެ.

ޑޮކްޓަރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކެމެރާއެއް ބަނޑު ތެރެއަށް ލައިގެން ބެލިއިރު މަސްގަނޑު ފޫއަޅުވާލައި އަދި ބަނޑު ތެރޭގައި ގިނަ އަދަދެއްގެ ލޭ ޖަމާ ވެފައި ހުއްޓެވެ. ވަގުތުން ދެ ވަނަ އޮޕަރޭޝަންކޮށް، ބަނޑު ތެރޭގައި ޖަމާވެފައި ހުރި 600 މިލިލީޓަރުގެ ލޭ ބޭރުކުރި އެވެ. ބަނޑުގެ އެތެރެއިން ހުރި އަނިޔާތައް ފެނުނީ އެ ހިސާބުންނެވެ.

300 × 250

nash2wރައީސް ނަޝީދު، އޭޑީކޭ ހޮސްޕިޓަލްގެ ބައެއް ސިއްހީ ހިދުމަތްތެރިންނާ އެކު---

"ފާހަގަ ކުރެވުނީ ފަލަ ގޮހޮރުގައި ލޯވަޅު އެޅިފައި ހުރި ކަމަށް. ހުރި ދެ ތަނަކުން ފޫ އަޅާފައި. އެއީ އެއްކޮޅުން ވަދެފައި އަނެއްކޮޅުން ނިކުމެފައި އިިން ތަން. ދެން އޭގެ އިތުރުން މައިދާއޭ މިކިޔާ ބަނޑު ނުވަތަ ސްޓޮމަކް ފޫ އަޅާފައި އިން ކަން ފާހަގަ ކުރެވުނު. އެއީ ވެސް އެއް ފަރާތުން ވަދެފައި އަނެއް ފަރާތުން ނިކުމެފައި އިނީ،" އޮޕަރޭޝަން ޑޮކްޓަރު އަހުމަދު ނިޝާން ވިދާޅުވި އެވެ. ނަޝީދުގެ އިސްތަށިފުޅަށް ވެސް ދަގަނޑުކޮޅެއް އެތެރެއަށް ވަދެފައި އިނެވެ. އެއީ ވައަތްފަރާތު ކަންފަތާ ދިމާލު މަތިންނެވެ. އެކަމަކު ނަސީބު ރަނގަޅުކަމުން ބޮލުގެ ނުވަތަ ސިކުނޑިއަށް އޭގެ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި މާބޮޑު އުނދަގުލަކާ ނުލައި އެ ދަގަނޑުކޮޅު ނެގުނެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ދިން ފަރުވާތަކަށް ފަހު ތެރަޕީއަށް އެ މަނިކުފާނު ވަޑައިގަތީ ޖަރުމަނަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭޑީކޭއިން ވަނީ، ނަޝީދު ހޮސްޕިޓަލްގައި ތުރުކުރެއްވި ހެދުންކޮޅު، ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އެ މަނިކުފާނަށް އަރުވައިފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި