1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހިރެޑްކްރެސެންޓު ގާޒާ އެހީ ފަންޑުގެ މުއްދަތު ނޮވެމްބަރ 12 އާ ހަމައަށް

saga1
ޝަފްޢަތު ، ހުވަދޫ މީޑީއާ
498ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާއާ ގުޅިގެން އެ ގައުމަށް އެހީ ވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާފައިވާ އެމަޖެންސީ އެހީ ފަންޑުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 12 އަށް އިތުރު ކޮށްފިއެވެ. ހުޅުވީ މިމަހު 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމުގެގޮތުން، ފަލަސްތީނުގެ ރެޑް ކްރެސެންޓަށް އެހީތެރިވުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އެމަޖެންސީ ފަންޑެއް ހުޅުވާފައެވެ. އެ ޖަމިއްޔާއިން ބުނީ، ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާއި އެކި ފަރާތްތަކުގެ އެދުމުގެ މަތިން އެ މުއްދަތު ވަނީ އަންނަ މަހުގެ 12 އަށް އިތުރު ކޮށްފައި ކަމަށެވެ. ފަލަސްތީން ރެޑް ކްރެސެންޓުން ވަނީ ގާޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް ވީއެންމެ އަވަހަކަށް އެހީވުމަށް އެދިފައި ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ. އެހެންކަމުން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ލިބޭ އެހީގެ ފައިސާ ފަލަސްތީން ރެޑް ކްރެސެންޓަށް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން އެ ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރަން ހަމަޖެހިފައި ވަނީ، ގާޒާއަށް ދެމުންދާ ހަމަލާގައި ޒަހަމްވެފައިވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދިވެހި ރެޑްކްރެސެންޓު މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް:

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓް

300 × 250
  • އެކައުންޓް ނަމްބަރު (ރުފިޔާ): 7701176022001
  • އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓު

  • އެކައުންޓް ނަމްބަރު (ރުފިޔާ): 99010155500036100
  • އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 9901015550003620
300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި