ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ފަންޑްރައިޒިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭން އާބަންކޯއިން ނިންމައިފިއެވެ. އަރބަންކޯއިން ބުނީ މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަލަސްތީނަށް އެހީވުމަށް މި ހަފްތާ ބަންދުގައި ތަފާތު ތިން ފަރާތަކުން، ބޮޑު ތިން އިވެންޓެއް ބޭއްވުމަށް ރާވާފައިވާ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.

އެގޮތުން އާބަަންކޯއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ހަރަކާތްތަކަކާ:

  • އިލްމުވެރިންގެ ގުޅުން، ހިދުމަތް ޖަމިއްޔާއިން 26 އޮކްޓޯބަރ ގައި، ފޭސް 2 ހިޔާ ޕާރކްގައި "ފަލަސްތީނުގެ ހާލަތާމެދު" މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަން

  • މޯމްސް އެން.ޖީ.އޯ އިން 27 އޮކްޓޯބަރު ގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓް

  • ކޭކް ޑޯނާރސް އިން 28، 29 އަދި 30 އޮކްޓޯބަރު ގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓް

އާބަންކޯ އިން ވަނީ ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީތެރިވެދިނުމަށް އެދި، އިލްތިމާސްވެސް ކޮށްފައެވެ.